ހައްޖުގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު މަރުވެއްޖެއެވެ.

އިސްލާމިން މިނިސްޓްރީން މިއަދު ބުނީ ހައްޖުގެ އަޅުކަން އަދާކުރަން މައްކާއަށް ދިޔަ ދިވެހި ހާޖީއެއްކަމުގައިވާ، ފާތިމަތު ހަފީޒާ (80އ) ހަފީޒީހިޔާ. ރ. ހުޅުދުއްފާރު، ރޭގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އަލް-މަސްޖިދުލްހަރާމްގައެވެ.

މީގެ އިތުރުން ހާޓްއެޓޭކެއް ޖެހުނު ދިވެއްސަކަށްވެސް ވަނީ ފަރުވާދީފައެވެ. އޭނާގެ ހާލު މިހާރު ރަނގަޅެވެ.