ބ. އަތޮޅު ރިސޯޓަކަށް ސީ ޕްލޭނެއް ޖައްސަން އުޅުމުގެ ތެރޭގައި ކަނދު ނެއްޓި އެކްސިޑެންޓް ވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނު ވާ ކަމަށެވެ.

އެ ހާދިސާ ހިނގައިފައިވަނީ ވެސްޓް އިން މޯލްޑިވްސް މިރިއަންދޫ ރިސޯޓް ކައިރީގައެވެ.

އެކްސިޑެންޓުގައި ބޯޓުގެ އެއް ކަނދު ނެއްޓިފައިވާ އިރު، އެ ބޯޓު ދިޔަވާތީ ސަލާމަތް ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.