ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާނާއި ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް، އެސިސްޓެންޓް ކޮމިޝަނަރަކަށް މިއަދު ޕްރޮމޯޓްކޮށްފިއެވެ.
އެ ދެ ބޭފުޅުންނަށް ޕްރޮމޯޝަން ދީފައިވަނީ އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އޭސީޕީގެ މަގާމަށް ޕްރޮމޯޓްކުރިކަމުގެ ލިޔުން އެ ދެ ބޭފުޅުންނަށް ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
ޝިފާނަކީ ފުލުހުންގެ މުއައްސަސާގެ ސްޕޯކްސްޕާސަންގެ މަގާމު އަދާކުރައްވަމުންދާ ބޭފުޅެކެވެ. ޝިފާން ވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑްކަން އަދި އައްޑޫ ޕޮލިސް އެކަޑެމީ ހިންގުމުގައި ވެސް އިސް ދައުރެއް އަދާކުރައްވައިފައެވެ. އަދި އޭނާއަކީ ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިން އެންޑް ލޯގެ ފުރަތަމަ އެގްޒެކެޓިވް ޑިރެކްޓަރެވެ.
ޝަރީފަކީ ސެންޓްރަލް ޕޮލިސިން އަދި މާލެ ސަރަހައްދުގެ ފްރޮންޓްލައިން ޕޮލިސިންގެ އިސްވެރިޔާއެވެ. އޭނާ ވަނީ ފުލުހުންގެ މުއައްސަސާގެ އެކި ޑިޕާޓްމަންޓުތަކުގައި އިސްކޮށް މަސައްކަތްކުރައްވައި ކޮމާންޑަރުކަން ކުރައްވާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު