ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކްލެމެންސީ ބޯޑުގެ މެންބަރުކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ކްލެމެންސީ ބޯޑަކީ މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ހުށަހެޅުމުން، އެ އިލްތިމާސް ދިރާސާކޮށް އެކަމަށް އަމަލުކުރުމަށް ފެންނަގޮތުގެ ލަފާދިނުމަށް އެކުލަވާލާފައިވާ ބޯޑެކެވެ. ކްލެމެންސީ ބޯޑު ހަރަކާތްތެރިވަނީ އެޓާނީ ޖެނެރަލްގެ ބެއްލެވުމުގެ ދަށުންނެވެ. ބޯޑުގެ ރައީސަކީ އެޓާނީ ޖެނަރަލްއެވެ.
ކްލެމެންސީ ބޯޑަކީ 11 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. ބޯޑުގައި ހިމެނެނީ ގާނޫނީ ދާއިރާއިން މީހަކާއި ތައުލީމީ ދާއިރާގެ މީހަކާއި އިޖުތިމާއީ ދާއިރާގެ މީހަކާއި ސިއްހީ ދާއިރާގެ މީހަކާއި ދީނީ އިލްމުގެ މީހަކާއި މަދަނީ ޖަމްއިއްޔާއެއްގެ މީހެއްގެ އިތުރުން ޕެރޯލް ބޯޑުގެ މެންބަރަކާއި ފުލުހުންގެ ދާއިރާގެ މީހަކާއި ޝަރުއީ ދާއިރާގެ މީހެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރައްވާ މެންބަރެކެވެ.
އެ ބޯޑުގެ މެންބަރުކަމަށް ޝުޖާއު އައްޔަން ކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ. ތާއީދު ކުރެއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލެވެ.
ޝުޖާއުގެ ނަން ފާސްކުރީ އެވަގުތު މަޖިލީހުގައި ތިއްބެވި 89 މެންބަރުންގެ ތެރެއިން 88 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު