އދ. ދަނގެތި ކައިރިއަށް ފާނަ މަސްވެރިކަމަށް ފައިބާ އުޅުނު މީހެއްގެ ގައިގާ ލޯންޗަކުން ޖެހި އެ މީހާ މަރުވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިއަދު ހެނދުނު 7:55 އެހާކަންހާއިރު ރިޕޯޓްކުރި އެ ހާދިސާގައި ލޯންޗުން ޖެހުނު މީހާ ދަނގެތި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އެ ހާދިސާގައި މަރުވެފައިވަނީ ބިދޭސީއެއް ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ކޮން އުމުރުގެ މީހެއް ކަމެއް އަދި ނޭނގެއެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގަމުން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު