އިއްޔެ ހުވާކުރި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ.
އެކަން ވަނީ އިއްޔެގެ މަޖިލިސް ޖަލްސާގެ ދެވަނަ ދަންފަޅީގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް މުހައްމަދު ނާޒިމް އިއުލާން ކުރައްވައިފައެވެ.
މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް ހިނގާނެ ގޮތުގެ ގަވާއިދެއް ހަދައި އަމަލު ކުރަންދެން، ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އަމަލު ކުރުމަށް އިއްޔެގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ. އެއީ މަޖިލިސް ޖަލްސާތައް މެދު ނުކެނޑި ކުރިއަށް ގެންދިއުމުގެ ގޮތުންނެވެ.
އެހެންކަމުން އެހެން ގޮތަކަށް ގަވާއިދު ބަދަލު ކުރަންދެން 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައްވެސް ކުރިއަށް ދާނީ ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހާއި އަންގާރަ ދުވަހާއި ބުދަ ދުވަހުއެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ މަސްއޫލިއްޔަތު މަޖިލީހުގެ އާއްމު ކޮމިޓީއާ ހަވާލުކޮށް 26 ޖޫން ވާ ބުދަ ދުވަހުގެ ނިޔަލަށް ގަވާއިދު އެކުލަވާލައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ވެސް މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު