ޖޯޑަން ނުވަތަ އުރުދުންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރަސްގެފާނު އަބުދުالله ބިން އަލް-ހުސައިން ދެވަނަ އާއި ބޮޑުވަޒީރު ބިޝަރް އަލް ހަސަވްނީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް، އުރުދުންގެ ރަސްގެފާނާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މެސެޖުގައި ވިދާޅުވީ އެ ގައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ މަނިކުފާނުގެ ފަރާތްޕުޅުން، އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިހުލާސްތެރިކަމާ އެކު އެ ގައުމުގެ ރަސްގެފާނާއި ބޮޑުވަޒީރާއި ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާ ކަމަށެވެ.
ދެ ގައުމުގެ ދެމެދު އޮންނަ އަހުވަންތަކަމުގެ ގުޅުން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދެގައުމުގެ ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތެއްގައި އެ ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އުރުދުންގެ ރަސްގެފާނާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްހަތަކާއި ދުޅަހެޔޮކަން އަދި އެ ގައުމަށާއި އެ ގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ،
ޚަބަރު
ޚަބަރު
ޚަބަރު