ޗައިނާ އިން ޓައިވާން ވަށައިގެން އަސްކަރީ ތަމްރީނުތަކެއް ފަށައިފިއެވެ.

ޗައިނާއިން ފަށާފައިވާ ދެ ދުވަހުގެ އެ ތަމްރީނަކީ އެގައުމުން ޓައިވާނާ ދެކޮޅަށް ދޭ އަދަބެއްގެ ގޮތުން ކުރިޔަށްގެންދާ ތަމްރީނުތަކެއް ކަމަށް އޮފިޝަލުން ބުނެއެވެ.

ޗައިނާގެ ތަމްރީނުތައް ފަށާފައިވަނީ ޓައިވާނުގެ ރައީސް ކަމަށް އަލަށް އިންތިހާބުވެވަޑައިގަތް ވިލިއަމް ލައިގެ ރިޔާސީ ހިތާބުގައި ޗައިނާއިން ޓައިވާނަށް ޖެއްސުންކޮށް ބިރުދެއްކުން ހުއްޓާލުމަށް ގޮވައިލެއްވިތާ ތިން ވަނަ ދުވަހުއެވެ.

ދިރާސާކުރާ ފަރާތްތަކުން ވަނީ ޗައިނާއިން ޓައިވާނު ދެކެނީ ޗައިނާގެ ޕްރޮވިންސެއްގެ ގޮތުގައި ކަމަށާއި ޓައިވާުން އަމަލުތައް ބަހައްޓަން ޖެހޭނީ ޗައިނާއިން އަންގާ ގޮތަށް ކަމަށް ފާހަގަކޮށްފައެވެ.

ޗައިނާގެ ތަމްރީނުތަކަށް ރައްދު ދެމުން ޓައިވާނުގެ ޑިފެންސުން ވަނީ އެއީ ޗައިނާއާ މެދު ޓައިވާނުގެ ރުޅިވެރިކަން އިތުރު ކުރުމަށް ކުރަމުން އަންނަ ކަމެއް ކަމަށް ބުނެފައެވެ.

ޗައިނާއިން އަންނަނީ އެތަމްރީނު ތަކުގައި ވައިގެ މަގުންނާއި ކަނޑުމަގުން އަދި އެއްގަމު މަގުން ވެސް ބަރުހަތިޔާރުގައި ހަރަކާތްތެރިވަމުންނެވެ.