ރ. އުނގޫފާރުގައި މަގުބައްތިއެއް ކައިރީގައި އޮތް ފެންގަނޑަކަށް އެރި އުޅުނު ކުއްޖަކު ކަރަންޓުގައި ޖެހުމުން އެ ކުދިން ސަލާމަތްކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހުނު ޒުވާނާގެ ހާލު ސީރިއަސް ކަމަށް އެ ރަށު ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ އުނގޫފާރު ކުޑަކުދިންގެ ޕާކު ކައިރީގައި އޮތް ފެންގަނޑަކަށް އެރި އުޅެނިކޮށް ކަރަންޓުގައި ޖެހުނީ އުމުރުން 18 އަހަރުގެ ފިރިހެނަކަށާއި 12 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށެވެ.
އުނގޫފާރު ހޮސްޕިޓަލުގެ އޮފިޝަލަކު "ވަން" އަށް މިރޭ ވިދާޅުވީ ކަރަންޓުގައި ޖެހުމުގެ ސަބަބުން އުނގޫރު ހޮސްޕިޓަލަށް ގެންދިޔަ ކުއްޖާއަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް 18 އަހަރުގެ މީހާގެ ހާލު ސީރިއަސްވުމުން އައިސީޔޫގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު