މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ "ފެންޓަނީލް-ލޭސްޑް ޑްރަގްސް"، އާންމުކޮށް ކިޔާ ނަމުންނަމަ ''ޗައިނާ ވައިޓް'' ދައުރުވުން އިތުރުވެފައިވާތީ ސަމާލުވާން ހޯމް މިނިސްޓްރީން އެދިއްޖެއެވެ.
ހޯމް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ބައިނަލްއަގުވާމީ މާކެޓުގައި އުފައްދާ އަދި ދައުރުވަމުންދާ މިންވަރު އިތުރުވެފައިވާ "ޗައިނާ ވައިޓް" ބާރުގަދަ ކެމިކަލްތަކެއް އެއްކޮށްގެން އުފައްދާފައިވާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށެވެ. އަދި އެއީ އެ ބޭނުންކުރާ ފަރާތްތަކުގެ ފުރާނައަށް ނުރައްކާވާފަދަ ބާރުގަދަ އެއްޗެއް ކަމަށްވެސް ބުނެފައިވެއެވެ.
"މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަށް އަދި ކުރަންޖެހޭ މަސައްކަތްތައް މިނިސްޓްރީއާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަދި ކަމާ ގުޅުންހުރި އެންމެހާ މުއައްސާސަތައް ގުޅިގެން މިދަނީ ކުރަމުންނެވެ."
ޚަބަރު
ޚަބަރު
ޚަބަރު