ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ ނައިބުގެ މަގާމަށް މުހައްމަދު ރަޝީދު އައްޔަންކޮށްފިއެވެ.

އޭނާ މީގެ ކުރިން ހުންނެވީ މަޖިލީހުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނަރަލްގެ މަގާމުގައެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް ކަމުގެ މަގާމުގައިވެސް ހުންނެވި މުހައްމަދު ރަޝީދު އަމީން އާއްމުގެ ނައިބުކަމުގެ މަގާމަށް އައްޔަން ކުރީ މިދިޔަ ހަފުތާގައެވެ.

އެއީ ނިމިގެން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން މަޖިލީހުގެ ގަވާއިދަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުންނެވެ.

އެ އިސްލާހުގައި ބުނެފައިވަނީ މަޖިލީހުގެ އަމީން އާއްމުގެ ނައިބުންގެ ގޮތުގައި ދެ ބޭފުޅަކު ހުންނަންވާނެ ކަމަށެވެ. އެއީ ހިންގުމުގެ ދާއިރާ އާއި ގާނޫނީ ދާއިރާ އިންނެވެ.