ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަންވާއިރަށް ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ރަށްރަށަށް ފޮނުވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، ކުރިއަށް އޮތް ދިރާސީ އަހަރު ފަށަންވާއިރަށް އަތޮޅުތެރޭގެ ހުރިހާ ރަށަކަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފޮނުމުގެ ކަންކަން ކުރިއަށްދާ ކަމަށާއި އެކަމުގައި ދިވެހި ފުލުހުންގެ އެއްބާރުލުންވެސް ލިބެމުން އަންނަ ކަމަށެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އަންނަ އާދީއްތަ ދުވަހުއެވެ.