އައްޑޫ ސިޓީގައި އިސްރަށްވެހިންގެ ހިޔާވައްސެއް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމެވި އެ ނިންމެވުމުގެ ތަފުސީލު ދެމުން ރައީސް އޮފީހުން މިރޭ ބުނީ އިސްރަށްވެހިންގެ ހިޔާވަހި ހެދުމަށް ރައީސް ނިންމެވީ ދޮށީ އުމުރުގެ މީހުންގެ ތެރެއިން އާއިލާގެ އަޅާލުން ނުލިބުމުގެ ސަބަބުން ދައުލަތުން ބަލަހައްޓަންޖެހޭ ހާލަތަށްދާ ފަރާތްތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުމާއެކު އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރެވޭނެ ފަދަ މާހައުލެއް ގާއިމުކުރުމުގެ މަގުސަދުގައި ކަމަށެވެ.
އައްޑޫގެ ފޭދޫގައި ހަދާ އެ ތަނަކީ ފެންވަރު ރަނގަޅު ހިދުމަތް ތަކާއެކު ހަދާ ތަނަކަށް ހެދުމަށްވެސް ރައީސް ނިންމަވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ އެ ނިންމެވުމާ ގުޅިގެން ދޮށީ އުމުރުގެ މީހުންނާއެކު އާއިލާތަކަށް ދިރިއުޅެވޭނެ މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ ސްކީމުތަކުގައި ދޮށީ އުމުރުގެ މީހުންނާއެކު ދިރިއުޅޭ ނުވަތަ އެ މީހުން ބަލަހައްޓާ ފަރާތްތަކަށް ޕޮއިންޓު ލިބޭނެ އުސޫލުތައް އެކަށައެޅުއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި ދޮށީ އުމުރުގެ މީހުންނަށް ލިބިދޭންޖެހޭ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ގޮތުން، ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނެވުމަށް ކެބިނެޓް ލަފާގެ މަތިން ރައީސް ނިންމަވާފައިވާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު