ވުހާންގެ ކޮވިޑްގެ ހާލަތު ރިޕޯޓް ކޮށްގެން ޖަލަށްލި ނޫސްވެރިޔާ ހަތަރު އަހަރު ފަހުން ދޫކޮށްލައިފިއެވެ.
ޒަންގް ޒާން ނަމަކަށް ކިޔާ އެ ނޫސްވެރިޔާއަކީ ޗައިނާގައި ކޮވިޑް ފެތުރެން ފެށިތާ ކުރީކޮޅު ވުހާން ސިޓީގައި ކޮވިޑުގެ ހާލަތު ހުރި ގޮތް ރިޕޯޓް ކުރަމުންދިޔަ ނޫސްވެރިއެކެވެ.
އެއީ އަމާންކަން ނަގާލުމާއި ވަކިކޮޅަކަށް ޖެހިގެން މައުލޫމާތު ފެތުރުން ކަމަށް ތުހުމަތުކޮށް، 2020 ވަނަ އަހަރުގެ މެއި މަހު ޒަންގް ހައްޔަރުކޮށް ހަތަރު އަހަރަށް ޖަލަށްލިއެވެ.
ހަތަރު އަހަރުގެ ޖަލު ހުކުމް ފުރިހަމަކޮށް ޒަންގް މިދިޔަ ހޯމަ ދުވަހު ވަނީ މިނިވަންވެފައެވެ. ނަމަވެސް އޭނާ ޖަލުން ނެރެފައިވާކަން އެއްވެސް ފަރާތަކުން ޔަގީންކޮށްދީފައެއް ނުވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ