ނ. ވެލިދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ރޯވެ، އިމާރާތުގެ ބޮޑު ބަޔަކާއި އެ ތަނުގައި ހުރި މުހިންމު މެޝިންތަކެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެއެވެ.
ވެލިދޫ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ރަށު ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި އަލިފާން ރޯވީ މިއަދު މެންދުރު 12:00 ހާއިރު ކަމަށާއި އަލިފާން ރޯވިތާ ދެ ގަޑިއިރެއްހާ އިރު ތެރޭ ނިއްވާލާފައިވާ ކަމަށެވެ.
"ސެންޓަރުގައި ބޭނުންކުރަމުން ގެންދާ ބައެއް މެޝިނަރީޒް އާއި ފުޓުބޯޅަ ދަނޑުގައި ބޭނުން ކުރަމުންގެންދާ ޑްރެގް ބްރަޝް މެޝިންވެސް ވަނީ ހަލާކުވެފައި،" ވެލިދޫ ކައުންސިލުން ބުންޏެވެ.
ވެލިދޫ ކައުންސިލުން ބުނީ، އަލިފާން ރޯވުމުގެ ސަބަބުން ލިބުނު ގެއްލުން ތިން މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
ވެލިދޫ ކައުންސިލުން އިތުރަށް ބުނީ، އަލިފާން ނިއްވާލެވުނީ ރަށު މީހުންގެ އިތުރުން އެ ރަށް ކައިރީ އޮންނަ ޝެވަލް ބްލަންކް ރަންދެލި ރިސޯޓުންނާއި ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުންނާއި ސިޔާމް ވޯލްޑުން ދިން އެހީތެރިކަމާއެކު ކަމަށެވެ.
އަލިފާން ރޯވީ ކުނި ބަހައްޓާ ސަރަހައްދުގައި ކަރަންޓު ޝޯޓެއް ވެގެން ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު