ދެކުނު ކޮރެއާގެ ކޯޓުތަކުގެ މައުލޫމާތުތަކެއް އުތުރު ކޮރެއާގެ ހެކަރުން ވަގަށް ނަގައިފިއެވެ.

ދެކުނު ކޮރެއާގެ ފުލުހުން ވަނީ އެ ގައުމުގެ ކޯޓުތަކުގެ ކޮމްޕިއުޓަރުތައް ހެކުކޮށްގެން މައުލޫމާތުތަކެއް ވަގަށް ނަގާފައިވާ ކަމަށާއި ވަގަށް ނެގި މައުލޫމާތުތަކުގެ ތެރޭގައި އާންމުންގެ ފައިސާގެ މައުލޫމާތުތަކާއި އެހެނިހެން ސިއްރު ހިމެނޭ ކަމަށް ބުނެފައެވެ.

ދެކުނު ކޮރެއާގެ އޮފިޝަލުން ވަނީ އުތުރު ކޮރެއާގެ އަސްކަރީ ތަމްރީނު ލިބިފައިވާ ހެކަރުންގެ ޓީމެއް އެ ގައުމުގައި ހަރަކާތްތެރިވާ ކަމަށާއި އެ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ކަމަށްވެސް ތުހުމަތުކޮށްފައެވެ.

ދެކުނު ކޮރެއާގެ ފުލުހުން ބުނާ ގޮތުން 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2023 ވަނަ އަހަރުގެ ފެބްރުއަރީއާ ދެމެދު އުތުރު ކޮރެއާގެ ހެކަރުން ވަނީ ދެކުނު ކޮރެއާގެ 1،014 ޖީބީގެ ސިއްރު މައުލޫމާތު ވަގަށް ނަގައިފައެވެ.