އިޒްރޭލަށް ފޮނުވަން އުޅުނު ބޮމުގެ ޝިޕްމަންޓެއް އެމެރިކާއިން ހިފަހައްޓައިފިއެވެ.
އެމެރިކާއިން އިޒްރޭލަށް ފޮނުވުމަށް ތައްޔާރުކޮށްފައި ހުރި ބޮމުގެ ޝިޕްމަންޓު ހުއްޓުވާފައި މިވަނީ އިޒްރޭލުން ފަލަސްތީނުގެ ރަފާއަށް އެއްގަމު މަގުން އެރުމަށް މަސައްކަތް ފެށުމުން ކަމަށް އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
އެމެރިކާއިން ފޮނުވުމަށް ތައްޔާރުކޮށްފައިވާ ބޮމުގެ ޝިޕްމަންޓު ޓަނަކަށް ވުރެ ބަރުވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ދިރާސާ ކުރާ ފަރާތްތަކުން ވަނީ އެމެރިކާއިން އެޝިޕްމަންޓު ހުއްޓުވާފައިވަނީ ރައީސް ޖޯ ބައިޑަން އަށް އެގައުމުން ކުރަމުންދާ ޕްރެޝަރުގެ ސަބަބުން ކަމަށް ބުނެފައެވެ.
އިޒްރޭލުގެ އަމަލުތަކަށް ނުސީދާ ގޮތުން އެމެރިކާއިން ފާޑުކީ ނަމަވެސް އެމެރިކާއިން ވަނީ އެކި ގޮތް ގޮތުން އިޒްރޭލަށް އެހީތެރިވެ އިޒްރޭލާ އެއްކޮޅަށް ގިނަ ނިންމުންތަކެއް ނިންމައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ