ސިހުރު ހެދިކަމުގެ ތުހުމަތުގައި ށ. ފުނަދޫން ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުން މިއަދު ބުނީ ފުލުހުން މިއަދު ބުނީ ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުނަދޫން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުނީ އެ މީހާ ސިހުރު ހަދަން މަސައްކަތް ކޮށްފައިވަނީ މިފަހަރުގެ މަޖިލިސް އިންތިހާބުގައި އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މަމްދޫހު (މަންޑޭ) އަށެވެ.
"ސިހުރު ހެދީ މަމްދޫހު ހޮވުމަށް އުފާ ފާޅުކުރި ރޭގައި. ލޮޔެގައި މަމްދޫހު ނަމާއި ބައެއް ގުރުއާންގެ އާޔަތްތައް ލިޔެފައި ގަސް ގަހަށް ޖަހާފައި ހުރީ. ބައެއް އެއްޗެހި ފެނުނު އިރު އަނެއްބައި އެއްޗެހި އަދިވެސް ނުފެނޭ،" އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ސިހުރު ހެދި މީހާއާ ދެކޮޅަށް އެރަށު ރައްޔިތުން ވަނީ މުޒާހަރާ ކޮށްފައެވެ. އަދި މުޒާހަރާ ހޫނުވެ، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، ޕެޕާ ސްޕްރޭވެސް ޖަހައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު