ށ. ފުނަދޫގައި ސިހުރު ހެދި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފުނަދޫން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުނީ އެ މީހާ ސިހުރު ހަދަން މަސައްކަތް ކޮށްފައިވަނީ މިފަހަރުގެ މަޖިލިސް އިންތިހާބުގައި އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މަމްދޫހު (މަންޑޭ) އަށެވެ.
"ސިހުރު ހެދީ މަމްދޫހު ހޮވުމަށް އުފާ ފާޅުކުރި ރޭގައި. ލޮޔެގައި މަމްދޫހު ނަމާއި ބައެއް ގުރުއާންގެ އާޔަތްތައް ލިޔެފައި ގަސް ގަހަށް ޖަހާފައި ހުރީ. ބައެއް އެއްޗެހި ފެނުނު އިރު އަނެއްބައި އެއްޗެހި އަދިވެސް ނުފެނޭ،" އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް މިވަގުތު ހުރީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކޮށްފައެވެ.
އޭނާއާ ދެކޮޅަށް ގިނަ ބަޔަކު މުޒާހަރާ ކުރަމުންދާ އިރު، މިވަގުތު އެމީހުން އެއްވެ ތިބީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓު ސަރަހައްދުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު