އިއްޔެ ބޭއްްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ބޮޮޑު ނާކާމިޔާބީ އާއެކު އެ ޕާޓީގެ ލީޑާޝިޕުގެ އިސްތިއުފާއަށް ގޮވަން ފަށައިފިއެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 93 ގޮނޑީގެ ތެރެއިން 12 ގޮޑިއެވެ. އެއީ ޕާޓީ ސިސްޓަމް އައި ފަހުން މަޖިލިސް އިންތިހާބެއްގައި އެމްޑީޕީއަށް ލިބުނު އެންމެ ބޮޑު ބައްޔެވެ.
އެ ބައްޔާއެކު އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވަނީ، އިންތިހާބުގެ ނަތީޖާއާމެދު ހިތާމަކުރާ ކަމަށް ވިދާޅުވެ، އެމްޑީޕީން ރައްޔިތުންނާ ގާތުން މަސައްކަތް ކުރުން އިތުރުކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
ފައްޔާޒުގެ އެ ޕޯސްޓަށް ކޮމެންޓް ކޮށްފައިވާ ގިނަ ބަޔަކު ވަނީ އެމްޑީޕީގެ ބަލީގެ ޒިންމާ ފައްޔާޒު ނަގައި މަގާމުން އިސްތިއުނާ ދޭންޖެހޭ ކަމަށް ބުނެފައެވެ. އަދި ލީޑަޝިޕްވެސް ބަދަލުވާންޖެހޭ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.
"ޖެހިޖެހިގެން ބޮޑު ދެ ނާކާމިޔާބީ އާއި ގްރާސްރޫޓް ލެވެލްގައި ތާރީހުގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ރޫޅާލުމާ ގުޅިގެން ވަގުތުން އިސްތިއުފާ ދެއްވަންޖެހޭ" ކޮމެންޓް ކުރި މީހަކު ބުނެފައިވެއެވެ.
"ފޭކު ޖެއްސުން ހުއްޓާލާ" އެހެން މީހަކު ކުރި ކޮމެންޓެއްގައިވެއެވެ.
މަޖިލިސް އިންތިހާބުގެ ނަތީޖާ އާ ގުޅޭ ގޮތުން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި ޑިމޮކްރެޓިކް ހަމަތައް ނަގަހައްޓައި ސަރުކާރު ޖަވާބުދާރީކުރުވުމުގައި އެ ޕާޓީ އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު