ތިން ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޮއާމް މުހައްމަދެވެ. އާރުޑީސީ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަބީހު އަފީފެވެ.
އާރްޑީސީއާ ހަވާލުކޮށްފައިވަނީ ހދ. މަކުނުދޫ އާއި ރ. މާކުރަތު އަދި ތ. މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށެވެ.
އާރްޑީސީން މިހާރު ވެސް ދަނީ 27 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު