ޖަޕާނުގައި ބޭއްވި މެރިން ޑައިވިން އެވޯޑްސްގައި ރާއްޖެއަށް ދެ ކެޓެގަރީއަކުން އެވޯޑް ލިބިއްޖެއެވެ.

ތިރީސް ދެވަނަ މެރިން ޑައިވިން އެވޯޑްސްގެ ޓޮޕް އެވޯޑް ހަފުލާ ބާއްވާފައި ވަނީ މި މަހުގެ 5 އިން 7 އަކަށް ޖަޕާނުގެ ވެރިރަށް، ޓޯކިޔޯގެ އިކުބުރުކޯގައި ކުރިއަށްދިޔަ "މެރިން ޑައިވިން ފެއާ 2024"ގައެވެ. މި އެވޯޑް ހަފުލާގައި އަށް ކެޓަގަރީއަކުން އެވޯޑް ދީފައެވެ.

އެމްއެމްޕީއާރްސީން ބުނީ، މި އެވޯޑް ހަފުލާގައި ރާއްޖެއަށް ލިބުނީ "ބެސްޓް އޭރިއާ އޯވަސީސް ޑިވިޝަން" އިން ތިންވަނަ އާއި "ބެސްޓް އޯވަސީސް ޑެސްޓިނޭޝަން އަދި ވޯންޓު ވިޒިޓް ފޯ ދަ ފަސްޓް ޓައިމް" އިން ދެވަނަ ކަމަށެވެ.

އެމްއެމްޕީއާރްސީން ބުނީ، މެރިން ޑައިވިން އެވޯޑް ކަނޑައަޅަނީ މުޅި ޖަޕާނުގެ ޑައިވަރުންގެ އޮންލައިން ވޯޓުން ހަމަސް ދުވަހުގެ ވޯޓުލުމުގެ މުއްދަތަށް ފަހުގައި ކަމަށެވެ.