ލިބުނު ގެއްލުމުގެ ބޮޑުކަމުން މެކްޑޮނަލްޑްސް އިން އިޒްރޭލުގައި ހިންގަމުންދާ އެކުންފުނީގެ ރެސްޓޯރެންޓްތައް ޕާޓްނަރުން އަތުން ގަތުމަށް ނިންމައިފިއެވެ.

މެކްޑޮނަލްޑްސް އިން ވަނީ އިޒްރޭލުގައި ހުރި ހުރިހާ ރެސްޓޯރަންޓެއް ބަންދުކުރުމަށް ފްރެންޗައިސްގެ ޑީލަރަށް އަންގައިފައެވެ. އަދި ރެސްޓޯރެންޓުތައް އަނބުރާ ގަތުމަށް އަލޮންޔާލް ކުންފުންޏާ އެކު އެއްބަސްވުމަކަށް ވަނީ އާދެވިފައެވެ.

އެގޮތުން މެކްޑޮނަލްޑްސް އިން ވަނީ 225 ރެސްޓޯރަންޓު ބަންދުކޮށް ލިބުނު ގެއްލުމުން އަރައިގަތުމަށް ގިނަ މަސައްކަތް ތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފައެވެ.

މެކްޑޮނަލްޑްސްގެ ވިޔަފާރިއަށް އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ އިޒްރޭލުން ހަމާސްއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ގަތުލްއާންމުގެ ތެރެއިން މެކްޑޮނަލްޑްސް އިން ހިލޭ އިޒްރޭލުގެ ސިފައިންނަށް ކާބޯތަކެތި ބެހުމުގެ ސަބަބުންނެވެ. އެކަމުގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން މެކްޑޮނަލްޑްސް ބޭން ކުރުމަށް ގޮވާލައި ގިނަ ހަރަކާތްތަކެއް ހިންގިއެވެ.

އެގޮތުން މެދު އިރުމަތީގެ މެކްޑޮނަލްޑްސްގެ ވިޔަފާރިތަކަށް ވަރަށް ބޮޑަށް އަސަރުކޮށް، ވިޔަފާރިއަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާކަމަށް މެކްޑޮނަލްޑްސް އިން ބުނެއެވެ.