ރާއްޖެއަށް އިމްޕޯޓްކުރާ އަސާސީ ކާބޯތަކެތީގެ ކޯޓާ އިންޑިއާއިން އިތުރުކޮށްފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އަސާސީ ކާބޯތަކެތީގެ ކޯޓާ އިތުރުކުރީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ކަމަށެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތި އިންޑިއާއިން، ރާއްޖެއަށް އެކްސްޕޯޓް ކުރަން ކުރިން ދީފައިވާ ކޯޓާ މިއަހަރު އާކޮށްދިން އިރު، ފަސް ޕަސަންޓި އިތުރުކޮށްދީފައިވާ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.
އެގޮތުން ބިސް، އަލުވި، ފިޔާގެ އިތުރުން ހަނޑޫ، ހަކުރު އަދި ފުށާއި މުގުގެ ކޯޓާ ވަނީ ފަސް ޕަސަންޓަށް އިތުރުކޮށްފައި ކަމަށް އިންޑިއާގެ ހައި ކޮމިޝަނުން ބުންޏެވެ.
ހައި ކޮމިޝަނުން ބުނީ ކާބޯތަކެތީގެ އިތުރުން ހިލަ އާއި ހިލަވެލި އެކްސްޕޯޓް ކުރުމުގެ ކޯޓާ ވެސް ވަނީ އިތުުރުކޮށްދީފައި ކަމަށެވެ. އެގޮތުން ހިލަ/ހިލަވެލީގެ ކޯޓާ ވަނީ އެއް މިލިއަން މެޓްރިކް ޓަނަށް އިތުރުކޮށްދީފައި ކަމަށާއި އެއީ 25 ޕަސަންޓުގެ އިތުރުކުރުމެއް ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް އިތުރު ދިރުންތަކެއް ލިބިގެންދާނެ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު