ރާއްޖޭގައި ބޭއްވޭ ބައިނަލްއަގުވާމީ މުބާރާތްތަކުން ރާއްޖެ އިޝްތިހާރުކޮށް، މިއީ ސްޕޯޓްސް ޑެސްޓިނޭޝަނަކަށް ހަދަން މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެއެވެ.
މިއަހަރު ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ފުރަތަމަ ކުޅިވަރު މުބާރާތް، އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް އަންނަ މަހު 21 ވަނަ ދުވަހު މާލޭގައި ފެށުމަށް ތައްޔާރުވަމުންދާ އިރު، އެކަން އިއުލާނުކުރުމަށް އިއްޔެ ވަނީ ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތަކާ ދިމާކޮށް، އެކިއެކި އިވެންޓްތައް ކުރިއަށް ގެންގޮސް، މުއައްސަސާތަކާ ގުޅިގެން "ސްޕޯޓްސް ޑެސްޓިނޭޝަން"އަކަށް ރާއްޖެ ހަދަން މަސައްކަތް ކުރާނެ ކަމަށެވެ.
"ދުނިޔެއަށް ރާއްޖޭގެ ރީތިކަން ދައްކައި ރާއްޖެއަކީ ސްޕޯޓްސް ޑެސްޓިނޭޝަނެއްގެ ގޮތުގައި ތައާރަފުކޮށް، އެކަން ފުޅާކުރަން ކުރެވެން ހުރި މަސައްކަތްތަކެއް ކުރާނަން. އެކަމަށް އެމްއެމްޕީއާރުސީއާއި އެމްއައިޓީޑީސީއާވެސް ވާހަކަ ދައްކައި، ވަކިން ހާއްސަކޮށް ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން މަސައްކަތްތަކެއް ކުރާނަން. ރާއްޖޭގައި ބާއްވާ ހުރިހާ އިންޓަނޭޝަނަލް މުބާރާތެއްވެސް ވަރަށް ކޯޑިނޭޓްކޮށްގެން މި ކުރިއަށް ގެންދަނީ،" ރާފިއު ފާހަގަކުރެއްވިއެވެ.
ރާފިއު ވިދާޅުވީ އޭޝިއާގެ ވަރުގަދަ ގައުމުތަކުގެ އެތުލީޓުން ވާދަކުރާ ކެރަމް ޗެމްޕިއަންޝިޕްގެ ބޭނުންކޮށްގެންވެސް ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށާއި، ކުޅިވަރުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ފައިދާ ބޮޑުވާނެ ގޮތަކަށް އަބަދުވެސް ވިސްނާނެ ކަމަށެވެ.
މިއަހަރު ކުރިއަށްވެސް ބައިނަލްއަގުވާމީ އިވެންޓްތަކެއް ރާއްޖޭގެ ކުޅިވަރަށް އެބައޮތެވެ. އޭގެ ތެރޭގައި ސައުތު އޭޝިއަަން ބޮޑީބިލްޑިން މުބާރާތާއި ބޮޑީބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕް، މޯލްޑިވްސް އޯޕަން ޕޫލް ބިލިއާޑް މުބާރާތާއި އޭޝިއަން ސާފިން ޗެމްޕިއަންޝިޕް، މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން މުބާރާތް އަދި މޯލްޑިވްސް އޯޕަން ބެޑްމިންޓަން މުބާރާތެއް ހިމެނެއެވެ.
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު
ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު