ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީއެއް ތަރައްގީކުރުމުގެ ފަހުމުނާއެއްގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޖެންޑާ މިނިސްޓްރީއާ ދެމެދު ސޮއިކޮށްފިއެވެ.
އެކަމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދެވެ. ޖެންޑާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.
އެޗްޑީސީން ބުނީ އިސްރަށްވެހިންގެ ނާދީ ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހިޔާގެ އަށްވަނަ ޓަވަރުގައި ކަމަށާއި އެ ތަނުގައި އިސްރަށްވެހިންގެ އިޖުތިމާއީ ދުޅަހެޔޮ ކަމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ ކަމަށެވެ. އަދި އިސްރަށްވެހިންގެ ސިއްހީ ބޭނުންތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރި ކުރުމުގެ ހަރަކާތްތައް ވެސް އެތަނުގައި ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.
އެޗްޑީސީން ބުނީ އިސްރަށްވެހިންގެ ނާދީ ތަރައްގީކުރުމުގެ ފަހުމުނާއެއްގައި މިއަދު ސޮއިކުރި އިރު އެ ކުންފުނިން ވަނީ ނާދީ ތަރައްގީކުރުމުގެ މަސައްކަތް ދުރާލާ ފަށައިފައި ކަމަށެވެ. އަދި ނާދީގެ 90 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށާއި އެއީ އެ ކުންފުނީގެ ސީއެސްއާރް ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ނާދީ ހިންގުމުގެ ކަންކަން ބަލަހައްޓާނީ ޖެންޑާ މިނިސްޓްރީން ކަމަށް އެޗްޑީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު