ނިމްސާ އަލް ހައްޖު ވަލް އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުންދިޔައީ އެ ގްރޫޕުގެ ހަވާލުގައި ރަމަޟާން މަހުގެ ފަހު 15ގެ އުމްރާއަށް ދިޔަ، ސ. މީދޫ، ހަވާ، މުހައްމަދު ތައްކާނެވެ.
ނިމްސާ އަލް ހައްޖު ވަލް އުމްރާ ގްރޫޕުން މީގެ ކުރިން ބުނެފައިވަނީ އޭނާ ގެއްލުނީ ރޭ ފަތިހު 03:00 ހާއިރު، އެ ގްރޫޕްގެ އުމްރާވެރިންނާއެކު އުމްރާގެ އަޅުކަން އަދާކުރަން ހަރަމްފުޅަށް ދިއުމަށްފަހު ކަމަށެވެ.
އެ ގްރޫޕުން މިރޭ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ތައްކާނު ހެޔޮހާލުގައި ހުއްޓައި ހޯދިފައިވާ ކަމަށާއި ހެޔޮދުއާ ކޮށްދިން ހުރިހާ އެންމެންނަށް އާއިލާގެ ނަމުގައި ޝުކުރު އަދާކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު