ނިމްސާ އަލް ހައްޖު ވަލް އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އެ ގްރޫޕުގެ ހަވާލުގައި ރަމަޟާން މަހުގެ ފަހު 15ގެ އުމްރާއަށް ދިޔަ، ސ. މީދޫ، ހަވާ، މުހައްމަދު ތައްކާނެވެ.

ނިމްސާ އަލް ހައްޖު ވަލް އުމްރާ ގްރޫޕުން މިރޭ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާ ގެއްލުނީ ރޭ ފަތިހު 03:00 ހާއިރު، އެ ގްރޫޕްގެ އުމްރާވެރިންނާއެކު އުމްރާގެ އަޅުކަން އަދާކުރަން ހަރަމްފުޅަށް ދިއުމަށްފަހު ކަމަށެވެ.

އެ ގްރޫޕުން ވަނީ ތައްކާނު ހޯދަން، މި ވަގުތު މައްކާގައި ތިބި ހުރިހާ ދިވެހި އުމްރާވެރިންނާއި އެހެން ގްރޫޕުތަކުގެ އެހީތެރިކަމަށް އެދިފައެވެ. އަދި މައުލޫމާތެއް އެނގޭނަމަ 966546279315+ ނުވަތަ 966500953603+ އަށް މެސެޖު ނުވަތަ ގުޅައި އެންގުމަށް ވަނީ އެދިފައެވެ.