އަންނަ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓުގައި ދާންދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް، ނިޝާމާ މުހައްމަދު ޓިކެޓް ދޫކޮށްލައްވައި، ސަރުކާރުގެ ކެންޑިޑޭޓު މުހައްމަދު ފަޒީލަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.
ފަޒީލްއާ ސަލާން ކުރައްވަން ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯއަކާ އެކު، ޖޭޕީގެ ކައުންސިލް މެންބަރުކަންވެސް ކުރައްވަމުން އަންނަ ނިޝާމާ ރޭގެ ވަގުތެއްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ދާންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އޭނާއަށް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ކެމްޕެއިނުގައި ހޭދަކުރެއްވި ދުވަސްތަކުގައި ރައްޔިތުންގެ ލޯތްބާއި އިހުތިރާމު އޭނާއަށް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ.
ނިޝާމާ ވިދާޅުވީ، އިންތިހާބެއް ކާމިޔާބުކުރުމަށް ހިތްވަރާއެކު ކުރާ މަސައްކަތެއްގެ އިތުރަށް ވަރަށް ބޮޑެތި ހަރަދުތައް ކެންޑިޑޭޓު ކުރަންޖެހޭ ކަމަށެވެ. އެހެންވެ އެކަމަށް ވަގުތު ނެތުމާއި އަދި ފަންޑުވެސް ނެތުމާ އެކު އެދެވޭ ނަތީޖާއެއް ލިބިދާނެ ކަމަށް އުއްމީދު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ނިޝާމާ ވިދާޅުވީ، އޭނާއަށް އެންމެ ރަނގަޅު ގޮތްކަމަށް ފެނިވަޑައިގަތީ ސަރުކާރު ތަމްސީލުކުރާ ކެންޑިޑޭޓަށް ތާއީދުކުރެއްވުން ކަމަށެވެ. ފަޒީލް ވަނީ ނިޝާމާގެ ނިންމުމަށް މަރުހަބާއާއި ޝުކުރު އަދާކޮށް، ނިޝާމާގެ ބައިވެރިވުން އޭނާގެ ކެމްޕެއިނަށް ވަރަށް މުހިންމު ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު