ލައިސަންސް ނެތި، ޓުއާ އޮޕަރޭޓަރުންނަށް ހިދުމަތް ނުދެވޭ ގޮތަށް ހަދަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ފޮނުވި، ދަތުރު ރާވައި ހިންގުމުގެ ހިދުމަތާ ގުޅޭ ބިލު އަނބުރާ ގެންގޮސްފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ ޕީއެންސީގެ މެމްބަރު ހަސަން ޒަރީރެވެ.
ބިލު އަނބުރާ ގެންދިޔަ އިރު، މިމަހުގެ 12 ވަނަ ދުވަހު މަޖިލީހުގައި ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވައިފައެވެ. މި ބިލުގެ ބަހުސް މަޖިލީހުގައި ފެށިފައި ނުވަނީ، ބިލު މަޖިލީހަށް އެޖެންޑާކުރި ދުވަހު ކޯރަމް ހަމަނުވެގެން ޖަލްސާ ބޭއްވޭގޮތް ނުވުމުންނެވެ.
މަޖިލީހުގެ ގަވައިދުގެ 92 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މި ބިލު ސަރުކާރުން އިއްޔެ އަނބުރާ ގެންގޮސްފައިވާ ކަމަން ހާމަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ.
މި ބިލަކީ ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުން ހުރި ދަތުރުތައް ރާވައި ހިންގުމުގެ ހިދުމަތް ދޭ ފަރާތްތަކަށް ލައިސަންސް ދިނުމުގެ އުސޫލުތަކާއި އެފަދަ ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމުގެ މިންގަނޑުތައް ބަޔާންކުރާ ބިލެކެވެ. ބިލުގައިވާ ގޮތުން، އެ ހިދުމަތާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ރެގިއުލޭޓުކޮށް، މޮނިޓާ ކުރުމުގެ ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވައިލަން ޖެހެއެވެ.
ބިލުގައިވާ ގޮތުން ޓޫރިޒަމާ ގުޅުން ހުރި ދަތުރުތައް ރާވައި ހިންގުމުގެ ހިދުމަތް ދެވޭނީ ހަމައެކަނި ލައިސަންސް އޮންނަ ފަރާތްތަކަށް އެކަންޏެވެ. ލައިސަންސް ދިނުމުގެ ޝަރުތުތަކާއި ގިންތި ކުރާނެ ގޮތް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު