މި މަހުން ފެށިގެން ހުރިހާ ފުލުހުންގެ މުސާރަ 35 ޕަސެންޓް ބޮޑުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
މި ސަރުކާރުން ކުރިންވެސް ނިންމާފައި އޮތީ މި މަހުން ފެށިގެން ފުލުހުންގެ މުސާރަ ބޮޑުކުރުމަށެވެ. އެކަމުގެ ތަފުސީލެއް އޭރު ހިއްސާކޮށްފައެއް ނުވެއެވެ.
ނަމަވެސް ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، ފުލުހުންގެ މުސާރަ މި މަހުން ފެށިގެން 35 ޕަސެންޓް ބޮޑުކޮށްފައިވާ ކަމަށެވެ. މިއީ 2009 ވަނަ އަހަރަށްފަހު ފުލުހުންގެ އަސާސީ މުސާރައާއެކު މުސާރަ ބޮޑުކުރި ފުރަތަމަ ފަހަރު ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ، މުސާރައިގެ އާ އޮނިގަނޑާއެކު ކުރިން ދެމުން އައި އެލަވަންސްތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ. އެ ބަދަލު ގެނައީ ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން އެލަވަންސް ތައާރަފު ކުރުމުގެ ގޮތުން ކަމަށް ވިދާޅުވިއެވެ.
އެގޮތުން މުސާރައިގެ އޮނިގަނޑާއެކު ދޭނީ މައިގަނޑު ހަތަރު އެލަވަންސެކެވެ. އެއީ، ބޭސިކް މުސާރައިގެ އިތުރުން މަގާމުގެ އެލަވަންސް، ވަޒީފާގެ އެލަވަންސް އަދި ކުރާ މަސައްކަތާ ގުޅޭ އެލަވަންސެކެވެ. އެލަވަންސްތަކަށް ބަދަލު ގެނެސް، 'ފުލުހުންގެ ވަޒީފާގެ ގަވާއިދު' ވަނީ އިސްލާހުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު