ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކ. ގުރައިދޫ ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އިންޑަސްޓްރިއަލް ބަދިގެއެއް ގާއިމުކޮށްދީފިއެވެ.
ބީއެމްއެލުން މިއަދު ބުނީ ގުރައިދޫ މަރުކަޒުގައި އިންޑަސްޓްރިއެއް ބަދިގެއެއް ގާއިމުކުރުމުގެ މަސައްކަތްކުރީ ބޭންކުގެ 40 ވަނަ އަހަރާ ދުވަހާ ގުޅުވައިގެން ކަމަށެވެ. ގުރައިދޫ މަރުކަޒުގެ ބަދިގެއަށް ބޭނުންވާ އާލަތްތަކާއި ކާބޯތަކެތި ރައްކާކުރާނެ ޖާގައެއް ވެސް ގާއިމުކޮށްފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.
އަދި ގުރައިދޫ މަރުކަޒުގެ މުވައްޒަފުންނާއި ބަލި މީހުންނަށް ބޭނުންކުރުމަށް ލައިބްރަރީ ކޯނާއެއް ގާއިމުކޮށްފައިވާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ގުރައިދޫ މަރުކަޒުގެ ވޯޑުތަކަށް އެނދު، ގޮދަޑި، ސޯފާ އަދި ގޮނޑިއާއި ފަރުނީޗަރު ހަދިޔާކޮށްފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު