ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ބޭނުންކުރުމަށް އިއްޔެ ރާއްޖޭގައި ފެށި އެއާ އެމްބިއުލާންސް ހިދުމަތުގެ ދަށުން ފުރަތަމަ ދަތުރު ކުޅުދުއްފުށި ސިޓީއަށް ބާއްވައިފިއެވެ.
އެއާ އެމްބިއުލާންސްގައި އުފުލި ފުރަތަމަ ބަލި މީހާ ގެނައީ ކުޅުދުއްފުށިން މާލެއަށެވެ. ބަލި މީހާ ގޮވައިގެން އެއާ އެމްބިއުލާންސް އައިސްފައިވަނީ ރޭ މެންދަމު 3:20 ހާއިރެވެ.
ހެލްތް މިނިސްޓްރީއާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެން ދޭން ފެށި އެއާ އެމްބިއުލާންސްގެ ހިދުމަތުގައި މިވަގުތު ބޭނުން ކުރަމުންދަނީ މޯލްޑިވިއަން އިން ބޭނުން ކުރަމުން އައި ޑޭޝް-8 މަރުކާގެ މަތިންދާބޯޓެކެވެ. އެ ބޯޓުގައި އަވަސް ސިއްހީ ފަރުވާ ދޭ ވަސީލަތްތައް ގާއިމުކޮށްފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
އެ ހިދުމަތުގެ ދަށުން ސީޕްލޭނެއްވެސް ބޭނުން ކުރާނެއެވެ. ސީޕްލޭން އޮޕަރޭޝަނަށް ގެންނަން ނިންމާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
ހެލްތް މިނިސްޓްރީން ބުނާ ގޮތުގައި، އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ހާއްސަކޮށްގެން 15 ސިއްހީ ހިދުމަތްތެރިއަކު ވަނީ ތަމްރީނުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް ޑޮކްޓަރުންނާއި ފަސް ނަރުހުންގެ އިތުރުން ފަސް އިމަޖެންސީ މެޑިކަލް ޓެކްނީޝަނުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު