ފަރުކޮޅުފުށީގައި ހަދާ ބުޅާ ފެސިލިޓީގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.
ސިޓީ ކައުންސިލުން އިއްޔެ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ އެ މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ސިޓީ ކައުންސިލްގެ އެޑްމިން ސެކްޝަނުގެ މީޓިން ރޫމުގައި އޮންނާނެ ކަމަށެވެ. އަދި އެ މަސައްކަތަށް އަގު ހުށަހެޅުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ކަމަށެވެ.
އެ ގަޑީގައި މައުލޫމާތު ސާފުކުރުމަށް ނާންނަ މީހުންނާއި ގަޑިޖެހުމުގެ ފަހުން މަސައްކަތުގެ އަގު ހުށަހަޅާ ފަރާތްތަކުގެ ހުށަހެޅުން ބަލައި ނުގަންނާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ވަނީ ކެޓް ޝެލްޓާ ހެދުމަށް ބޭނުންވާ 5،000 އަކަފޫޓުގެ ބިން، ސިޓީ ކައުންސިލަށް ހަމަޖައްސައިދީ އެކަމުގެ އެއްބަސްވުމުގައި މިއަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ސޮއިކޮށްފައެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މާލޭގެ ބުޅަލުގެ މައްސަލައަކީ މިހާރުން މިހާރަށްވެސް ހައްލުކުރަން ޖެހޭ މައްސަލައެއް ކަމަށާއި އެއީ ގައުމީ މައްސަލައެއް ކަމަށެވެ.
ކެޓް ޝެލްޓާ ހަދައި އެ ތަން ބަލަހައްޓާނީ ސިޓީ ކައުންސިލުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު