ހއ. ބާރަށުގައި ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަމަށް ބުނާ ކަޑައިން ހެދި ބޮޑުވެފައި ހުރި ޒަމާންވީ ބިޔަ ކާނިގަހުގައި ބަޔަކު ރޯކޮށްލައިފިއެވެ.
ބާރަށު ކައުންސިލުގެ ނައިބު ރައީސް އަލީ އަމީޒު "ވަން" އަށް މިއަދު ވިދާޅުވީ، އެ ގަހުގައި ރޯވެފައިހުރިކަމުގެ މައުލޫމާތު ކައުންސިލަށް ލިބުނީ ރޭ ދަންވަރު 3:30 ހާއިރު ކަމަށާއި ވަގުތުން ކައުންސިލާއި ފުލުހުން ގުޅިގެން ގަހުގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރި ކަމަށެވެ.
"ގަހުގެ ވަރަށް ބޮޑުބައި ހިކިފަ ހުންނާނީ. އަލިފާން ރޯވުމުގެ ސަބަބުން ގަހުގެ ވަރަށް ބޮޑުބައި، އެއްކޮށް ކަހަލަ ގޮތަކަށް ހުރީ އަނދާފަ،" އަމީޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެކަން ކުރި ބަޔަކު ސީދާ ނޭނގުނު ނަމަވެސް އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހަށް މައްސަލަ ހުށަހަޅަން ވަނީ ނިންމައިފައެވެ.
ރާއްޖޭގެ ތާރީހު ދިރާސާ ކުރައްވާ މުހައްމަދު ނާޖިހު ވިދާޅުވެފައިވާ ގޮތުން ބާރަށު އީދުކުޅޭ މަގުގައި ހެދި ބޮޑިވެފައި ހުރި ޒަމާންވީ އެ ގަހަކީ 400 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ގަހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު