ސްރީލަންކަން އެއާލައިންސްގެ ފުލައިޓަކުން މީދާ ފެނިގެން ފްލައިޓު ޑިލޭކުރަން ޖެހިއްޖެއެވެ.

މިކަން އާންމު ކުރައްވާފައި ވަނީ އެއެއާލައިންގެ ޗެއާމަން އާޝޮކް ޕަތިރަގެ އެވެ.

ޗެއާމަން ވަނީ ބައިނަލްއަގުވާމީ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެ ފްލައިޓް ގްރައުންޑުކޮށް ކެމިކަލް ސްޕްރޭކޮށްފައިވާ ކަމަށާއި އެއްދުވަސްވަންދެން ފްލައިޓުން އިތުރަށް މީދާ ފެނޭތޯ ބެލުމަށް ބާއްވާފައިވާކަމަށް ވިދާޅުވެފައެވެ.

މީދާ ފެނުނު ފްލައިޓުގެ އިތުރުން އިތުރު ދެ ފްލައިޓެއް ވެސް ވަނީ ޓެކްނިކަލް މައްސަލަ ޖެހި ޑިލޭކޮށް މަރާމާތު ކުރަން ޖެހިފައިކަމަށްވެސް ޗެއާމަން ވިދާޅުވެފައިވެއެވެ.

ޗެއާމަން ވަނީ ލަންކާގެ މިނިސްޓްރީ އޮފް ޕޯޓްސް ޝިޕިން އެންޑް އޭވިއޭޝަންގެ ބެލުމުގެ ދަށުން މި ކަމުގެ ހާއްސަ ތަހުގީގެއް ކުރުމަށް ހަމަޖެހިފައިވާކަންވެސް ފާހަގަކުރައްވައިފައެވެ.