ހއ. އިހަވަންދޫ އެއްގަމު ލައިސަންސް ޓްރެކް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތަށް ހުރަސް އެޅުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
އިހަވަންދޫ ކައުންސިލުން އިންތިޒާމު ކުރި އެ ރަސްމިއްޔާތު ބޭއްވުމަށް ތައްޔާރު ކޮށްފައިވާ ސަރަހައްދަށް ރަސްމިއްޔާތު ފެށުމުގެ 15 ވަރަކަށް މިނެޓް ކުރިން ލޮރީއެއް ހުރަސްކޮށް، އާންމުންގެ މީހަކު ހުރަސް އަޅާފައިވާތީ، އެ ރަސްމިއްޔާތު ބައިގަޑިއިރެއްހާ އިރަށް ފަސްވިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިހަވަންދޫ މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު