ޕޫޓިންގެ ފަރާތުން ހަދިޔާއަކަށް ކިމް ޖޮންގ އުންއަށް ކާރެއްދީފިއެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން އޭނާގެ އާ އެކުވެރިޔާ އަދި ނޯތު ކޮރެއާގެ ލީޑަރަށް ހަދިޔާއަކަށް ދީފައިވަނީ ރަޝިޔާއިން އުފައްދާފައިވާ ލަގްޒަރީ ކާރު ބްރޭންޑެއްގެ ކާރެކެވެ.
ނޯތު ކޮރެއާގެ ގައުމީ ނޫހުން ބުނެފައިވާ ގޮތުގައި، މިދިޔަ އާދިއްތަ ދުވަހު އެ ކާރު ގެނެސްފައި ވަނީ ރަޝިޔާއިން ނޯތު ކޮރެއާއަށް ދިޔަ ހާއްސަ ޓީމެއްގެ ބެލުމުގެދަށުންނެވެ.
ކިމް އަދި ޕޫޓިންގެ ހާއްސަ ގުޅުމުގެ ސަބަބުން އެމެރިކާއިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެ ގުޅުމަކީ ދުނިޔެއަށް އޮތް ނުރައްކަލެއް ކަމަށް އެމެރިކާއިން ސިފަކޮށްފައި ވެއެވެ.
މީގެ އިތުރުން ހުޅަނގުގެ ގައުމުތަކުން ވަނީ ޕޫޓިންގެ ހަދިޔާ ތަކަކީ އދ އިން ނޯތު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ގޮން ޖަހައި ރަޝިޔާއިން ހިންގާ އަމަލެއް ކަމަށްވެސް ބުނެފައެވެ.
އެމެރިކާއާއި ގުޅިފައިވާ ކޯލިޝަނުން ވަނީ ރަޝިޔާއާއި ޔޫކްރޭނުން ކުރަމުންގެންދާ ހަނގުރާމާގައި ރަޝިޔާއިން ބޭނުންކުރަނީ ނޯތު ކޮރެއާއިން އުފައްދާ މިސައިލުކަމަށް ތުހުމަތު ކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ