އިންޑިއާގެ ފްލައިޓުތައް ޑިލޭވުން ކުޑަކުރުމަށް އެ ގައުމުގެ ސަރުކާރުން އަންގައިފިއެެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ވަނީ އެ ގައުމުގެ އެއާލައިންތަކުން އަމަލު ކުރުމަށް ހާއްސަ ގަވާއިދެއް އެކުލަވައިލައިފައެވެ. އެގޮތުން ފްލައިޓު ޖެއްސުމާއެކު 10 މިނެޓާއި 20 މިނެޓާއި ދޭތެރޭގެ ވަގުތެއްގައި ފްލައިޓުން ލަގެޖުތައް ބެލްޓަށް ގެނދަން ޖެހޭނެ ކަމަށް ވަނީ އަންގާފައެވެ.
މިނިސްޓްރީން އެކުލަވައިލި މި ގަވާއިދަށް އަމަލު ކުރަން ފަށަން ޖެހެނީ 26 ފެބްރުއަރީން ފެށިގެންނެވެ.
އިންޑިއާގައި ފުލައިޓުތައް ޑިލޭ ވުމުގެ އެންމެ ބޮޑު އެއް ސަބަބެއް ކަމަށް ވެފައި ވަނީ ލަގެޖުތައް ލަސްވުން ކަމަށް ދިރާސާތަކުން ވަނީ ދައްކައިފައެވެ.
ކަމާބެހޭ އިދާރާއިން ވަނީ އިންޑިއާގެ އެއާލައިންތަކުގެ ތެރެއިން އެއާ އިންޑިއާއާއި ވިސްޓާ އަދި އިންޑިގޯގެ އިތުރުން ޖުމުލަ ހަތް އެއާލައިނަކަށް އެ ގަވާއިދަށް އަމަލު ކުރުމަށް އަންގާފައެވެ.
އަލަށް މި އެކުލަވައިލި ގަވައިދަށް އަމަލުކުރާން ފެށުމުން އެއާޕޯޓުގައި މީހުން ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނޭ ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ