ހައްޖަށް ދިއުމަށް މިދިޔަ ދޮޅުމަސް ތެރޭ 800 މީހުން ހައްޖަށް ދާން ނަން ނޯޓު ކޮށްފައިވާ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާކިރު ވިދާޅުވެއްޖެއެވެ.
އަސްލުޓީވީގެ "ބާބު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝާކިރު ވިދާޅުވީ، ޒުވާނުންގެ މެދުގައި މިހާރު ހައްޖުގެ އަޅުކަން އަދާކުރުމަށް ޝައުގު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އެކި ކުންފުނިތަކާއި އެކި އިދާރާތަކުގައި މަސައްކަތްކުރާ ޒުވާނުން ހައްޖަށް ދިއުމަށް ކޮންމެ މަހަކުވެސް މުސާރައިން ވަކި މިންވަރެއް ރައްކާ ކުރަމުންގެންދާ ކަމަށް ވިދާޅުވިއެވެ.
"ފަހަށް ރައްކާކޮށް ހައްޖުވުމުގެ ޖާގަ ކަށަވަރު ކުރުމަށްޓަކައި ކިޔު ދިގުވި ނަމަވެސް ތަންކޮޅެއް ފަހުން ހައްޖަށް ދާން ނަމަވެސް ރައްކާކޮށް ޖާގަ ކަށަވަރުކުރުމުގެ އެ އާދައަށަގެންނެވުން އެއީ ބޭނުންވި ގޮތް. މިހާރު ފެނިގެން މިދަނީ އެ މަންޒަރު، އެ މީހުންގެ މުސާރައިގެ ތެރެއިން ކެނޑޭ ގޮތަށްވެސް ހައްޖު ސްކީމުގައި ދަނީ ބައިވެރިވަމުން،" ޝާކިރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެ ކޯޕްރޭޝަނުން ހައްޖުވުމަށް ދާން ބޭނުންވާ މީހުން އަތުން ނަގަނީ އަމިއްލަ ޖަމާއަތްތަކަށްވުރެ ދެ ގުނަ ކުޑަ އަދަދެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު