މަކަރާއި ހީލަތުން 400 ޑޮލަރު އަތުލި މައްސަލައެއްގައި ތުހުމަތުވާ ދެ މީހަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
ފުލުހުން ހޯދަމުން އަންނަނީ މއ.ކެދިފަށުވިގެ 61 އަހަރުގެ އަބްދުﷲ މުހައްމަދާއި މއ.ޑޯރެންސީވިލާ، މސ.ޑޯރެންސީވިލާ 42 އަހަރުގެ އިސްމާއިލް ޝިމާމް އެވެ.
މ. މުލީ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަ އެ މައްސަލާގައި އެ މީހުން ހޯދަން އިއުލާނުކުރީ ދެ މީހުން އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުކުރުމަށް ޗިޓް ހަވާލުކުރެވިފައި ނުވާތީއެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހޯދަން އިއުލާނުކުރީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން ކަމަށެވެ. ފުލުހުންގެ އިއުލާނުގައި ވަނީ މިމަހުގެ 24 ވަނަ ދުވަހުގެ 10:00 އަށް މުލީ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އަންގައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު