މި އަހަރުގެ ރަމަޟާން މަހު މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންސްތައް އިތުރަށް ހަރުދަނާކުރުމަށް ޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ފަސް ފޯކްލިފްޓް އެ ކުންފުނީގެ އޮޕަރޭޝަނަށް އިތުރުކޮށްފިއެވެ.
އެމްޕީއެލް އިން އިއްޔެ ބުނީ، ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީ، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ގިނަ އަދަދަކަށް އެތެރެކުރާ މަހަކަށް ވުމުންނާއި އެކު، މާލޭ ވިޔަފާރި ބަނދަރުން އެތެރެކުރާ މުދަލުގެ އަދަދުވެސް ބޮޑުތަނުން އިތުރުވާ ކަމަށެވެ.
އެހެންކަމުން އެމްޕީއެލް އަށް ގެންނަ ކާބޯތަކެތީގެ ބާވަތްތައް އަވަހަށް ނެރެ، ވިޔަފާރީވެރިންނަށް ވީހާވެސް ލުއި ފަސޭހަގޮތްތަކެއް ހަމަޖެއްސުމަށް ކޮންމެ ރަމަޟާން މަހަކުވެސް އެ ކުންފުނީގެ އޮޕަރޭޝަންސްތަކަށް ބަދަލުތަކެއް ގެންނަ ކަމަށް އެމްޕީއެލްއިން ފާހަގަކޮށްފައިވެއެވެ.
އެގޮތުން މި އިތުރު ކުރި ފޯކްލިފްޓު ތަކަކީ މި އަހަރުގެ ރަމަޟާން މަހު މުދާ ނެރުމުގެ މަސައްކަތްތައް އަވަސްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، އެ ކުންފުނިން ގެނައި “HELI” ބްރޭންޑްގެ 3.5 ޓަނުގެ ފަސް ފޯކް ލިފްޓް ކަމަށް އެމްޕީއެލްއިން ބުނެއެވެ.
އެ ކުންފުނިން ދެމުން އަންނަ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފަސޭހަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް އެމްޕީއެލް އިން ބުންޏެވެ. އެ ގޮތުން ރޯދަމަހަށް ހާއްސަކޮށްގެން ގިނަ ފިޔަވަޅުތަކެއް އަޅާނެ ކަމަށާއި އެ މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު