ކުރީގެ ފޮރިން މިނިސްޓަރު ދުންޏާ މައުމޫން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފިއެވެ.
ދުންޏާ، ވާދަކުރައްވަނީ ހުޅުމާލޭ ދެކުނު ދާއިރާއަށެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައިވެސް ދުންޏާ އެ ދާއިރާއަށް ވާދަކުރެއްވިއެވެ. ނަމަވެސް ޕްރައިމަރީން ދުންޏާގެ މައްޗަށް ކުރި ހޯއްދެވީ ޝަނީޒް ހާޝިމް (ޝާންކޮ) އެވެ. އޭނާއަށް 240 ވޯޓު ލިބިލެއްވި އިރު، ދުންޏާއަށް ލިބިލެއްވީ 70 ވޯޓެވެ.
އެކްސްގައި ދުންޏާ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ، އަމިއްލަ ގޮތުން ހުޅުމާލޭ ދެކުނަށް ވާދަކުރައްވަނީ އެ ދާއިރާގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ.
"ރައްޔިތުންނަށް ހިދުމަތްކުރުމުގައި ސާބިތުވެ ހުންނާނަން." ދުންޏާ ވިދާޅުވިއެވެ.
ދުންޏާގެ ކެންޑިޑެސީ ފޯމު އިލެކްޝަން ކޮމިޝަނަށް މިއަދު ހުށަހަޅުއްވާފައިވާ އިރު، ފޯމު ހުށަހެޅުއްވުމަށް ދުންޏާއާއެކު، އޭނާގެ ކޮއްކޮ އަދި އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު