އަލިފާންދަނޑި ބޭނުންކޮށްގެން ހެދި 24 ފޫޓުގެ އުސް އައިފިލް ޓަވަރު ދުނިޔޭގެ ރެކޯޑުފޮތަށް ނާރައި ކުރި ހުރިހާ މަސައްކަތެއް ފެނަށް ހިނގައްޖެއެވެ.
ފްރާންސަށް ނިސްބަތްވާ މީހަކު ވަނީ 8 އަހަރު ދުވަހުގެ މަސައްކަތުން އަލިފާން ދަނޑި ބޭނުންކޮށްގެން އައިފިލް ޓަވަރާއި ވައްތަރު ޓަވަރެއް ހަދައި އެ ޓަވަރުގެ މައުލޫމާތު ގީނިސް ރެކޯޑް ފޮތަށް ފޮނުވާފައެވެ.
ގީނިސް ވޯލްޑް ރެކޯޑްސް އިން ވަނީ ރެކޯޑް ހެދުމަށް އެ މީހާ ބޭނުންކޮށްފައި ވަނީ ރެކޯޑެއް ގާއިމް ކުރުމަށް ހިމެނޭ ޝަރުތުތަކާ ފުށުއަރާ ވައްތަރެއްގެ އަލިފާން ދަނޑިި ކަމަށް ބުނެފައެވެ.
ރެކޯޑުގައި ބޭނުންކޮށްފައިވާ 706،900 އަލިފާން ދަނޑިއަކީ އާންމުކޮށް ލިބެން ހުންނަ ބާވަތުގެ އަލިފާން ދަނޑިއާއި ހިލާފަށް އެކަމަށް ވަކިން އުފައްދާފައިވާ ދަނޑިކަމަށް ފާހަގަވެފައިވާކަމަށްވެސް ރެކޯޑްފޮތުގެ އޮފިޝަލުން ބުނެއެވެ.
ރެކޯޑު ހެދުމަށް އެމީހާ ކުރި ހުރިހާ މަސައްކަތެއް ފެނަށް ގޮސްފައިވާކަމަށް އޭނާ ބުނާއިރު އެ މަސައްކަތުގައި 2015 އިން ފެށިގެން ހިތްވަރުދިން އެންމެނަށް ޝުކުރުއަދާކޮށްފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ