ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކިނބިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު، އެ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ނާޝިޒް (ނާނު) ހޯއްދެއްވި އިރު، އޭނާގެ އަނބިކަނބަލުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް ފޭދޫ އުތުރު ދާއިރާގެ ޓިކެޓު ގެއްލިއްޖެއެވެ،
އެމްޑީޕީގެ ޓިކެޓްގައި ވިހިވަނަ މަޖިލީހަށް ކުރިމަތިލާން ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ކުރިއަށް ގެންދިޔަ ޕްރައިމަރީގައި ރޮޒައިނާ ވާދަކުރެއްވީ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަހުމަދު ޝަރީފު (ޑުންގާ) އެވެ.
ޑުންގާ ވަނީ މާލެ ސިޓީ އާއި އައްޑޫ ސިޓީގައި ބެހެއްޓި ވޯޓް ފޮށިން ވެސް ރޮޒައިނާގެ މައްޗަށް ކުރި ހޯއްދަވައިފައެވެ.
ރޮޒައިނާއަށް ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި އިރު، އޭނާގެ ފިރިކަލުން ވަނީ ކިނބިދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓު ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައިފައެވެ. އެ ދާއިރާއަށް ދެން ވާދަކުރެއްވީ ކިނބިދޫއަށް ނިސްބަތްވާ މުހައްމަދު އައިމަން އާއި ޝަރީފްއެވެ.
ޚަބަރު
ޚަބަރު
ޚަބަރު