2021 ވަނަ އަހަރު ރަސްފަރީ ފަރަށް އާގު ބޯޓެއް އެރުމުން ލިބުނު ގެއްލުން އިޔާދަކުރުމަށް އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހިންގާ ޕްރޮޖެކްޓާ ދިރާގުން ގުޅިއްޖެއެވެ.
ދިރާގުން މިއަދު އެ ޕާޓްނާޝިޕުގެ ދަށުން ބުނީ އެ ޕްރޮޖެކްޓުގައި ހަރަކާތްތެރިވާ ޓީމުތަކަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި ފަރު އިޔާދަ ކުރުމުގެ މަސައްކަތް ކުރާ ޓީމްތަކަށް އެ ކުންފުނިން ޑައިވް ކިޓުތަކެއްވެސް ހަދިޔާކޮށްފައިވާ ކަމަށެވެ.
ދިރާގުން އެ ޕްރޮޖެކްޓާ ގުޅުމާއި ގުޅިގެން، ރަސްފަރީ ފަޅު ހިމާޔަތްކުރުމަށް ދިރާގުން ކުރާ މަސައްކަތް ފާހަގަކޮށް، އުންމީދަކީ ޕްރޮޖެކްޓް ޕާޓްނަރުންގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުން ކަމަށް އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމު ވިދާޅުވި ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ އެކަމާ ގުޅިގެން ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަަން ޑިރެކްޓަރު މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ އެފަދަ މުހިންމު ކޮންޒަވޭޝަން ޕްރޮޖެކްޓެއްގައި އީޕީއޭއާއެކު މަސައްކަތް ކުރުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ.
ތިމާވެށި ހިމާޔަތްކޮށް ކަނޑުތައް ބެލެހެއްޓުމަކީ އަޅުގަނޑުމެންގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު)ގެ މައިގަނޑު އެއް އަމާޒު. އެހެންކަމުން އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ މިފަދަ ތިމާވެއްޓަށް ފައިދާކުރުވަނިވި ހަރަކާތްތަކުގައި ބައިވެރިވުމަށް،" މިރުޝާން ވިދާޅުވިއެވެ.
ރަސްފަރީ ފަޅަށް ލިބުނު ގެއްލުން އިޔާދަކުރުމަށް ހިންގާ ޕްރޮޖެކްޓަކީ ފަސް އަހަރަށް ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓުގެ ދަށުން އެ ފަރުގައި އަލުން މުރަކަ އިންދުމާއި ނާސަރީތަކުގައި މުރަކަ އާލާކޮށް، އެ މުރަކަތައް ފަރަށް ބަދަލުކުރުންވެސް ހިމެނެއެވެ.
އެ މަސައްކަތުގެ ތެރެއިން ދާދި ފަހުން ކުރިއަށް ގެންދިޔަ މުރަކަ އިންދުމުގެ ހަރަކާތެއްގައި ދިރާގުގެ ޓީމެއްވެސް ބައިވެރިވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު