ހޯމް މިނިސްޓްރީއަށް އާންމުން ހުށަހަޅާ ޝަކުވާތައް ބަލަން ހާއްސަ ބިއުރޯއެއް އުފައްދަން ނިންމަފިއެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހޯމް ސެކްޓާ ތެރޭގައި ހުރި ބޮޑެތި އަދި ސިސްޓަމެޓިކް މައްސަލަތައް، އިންޓަމީޑިއޭޓް އަދި ދާއިމީ ގޮތެއްގައި ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، ސިޓީތަކާއި ބައްދަލުވުންތައް އަދި ސޯޝަލް މީޑިއާގެ ޒަރީއާއިން ހުށަހަޅާ މުހިންމު މައްސަލަތައްވެސް ބަައްލަވުންގެންދަވާނެ ކަމަށެވެ.
އެގޮތުން، އާންމުންގެ ޝަކުވާތައް ބަލާނެ ބިއުރޯއެއް އުފެއްފުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އެ ބިއުރޯ ވެގެންދާނީ އެ އިދާރާއިން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުންތައް ހޯދުމުގެ ސެންޓްރަލް ޕޮއިންޓަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އާންމުންގެ ޝަކުވާތައް ބަލަން ބިއުރޯއެއް އުފައްދަން ނިންމާފައިވާއިރު، ދާދި ފަހުން މިނިސްޓަރު ވަނީ ރާއްޖޭގައި ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލައިގައި ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި މީހަކު، ބިދޭސީންގެ މައްސަލަތައް ބަލަން އެ އިދާރާއިން އެކުލަވާލާ ޓާސްކް ފޯހުގައި ހިމަނަން ނިންމަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު