މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން މިރޭ ބުނީ މަރުވެފައި އޮއްވައި ފެނުނީ މާލެއަށް ޑޮކްޓަރަށް ދައްކަން އައިސް ހުރި 67 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ މަރުވެފައި އޮއްވައި ފެނުނީ އޭނާގެ ހަބަރެއް ނުވެގެން މިރޭ 8:50 ހާއިރު ރިޕޯޓުކުރުމާ ގުޅިގެން އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިއަށް ވަދެ ބެލިއިރުގައި ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ މީހާ ފެނިފައިވަނީ ކުރިކީލަ މަގުގައި ހުރި ގެއެއްގެ ތެރެއިންނެވެ.

ފުލުހުން އަންނަނީ ސީންގައި ހަރަކާތްތެރިވަމުންނެވެ.