ހަށިވިއްކާ ކަމުގެ ތުހުމަތުގައި ބިދޭސީ އަންހެނަކު ހައްޔަރުކޮށްފިއެވެ.
ކުރިމިނަލް ކޯޓުން އިއްޔެ ނެރެފައިވާ ކޯޓު އަމުރެއްގައިވާ ގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ވިއެޓްނާމް އަންހެނެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަސް ކޯޓުން ދީފައިވާ ކަމަށް އަމުރުގައިވެއެވެ.
އަމުރުގައިވާ ގޮތުން އޭނާ ދިރިއުޅޭ ކޮޓަރިން ޖިންސީ އަމަލު ހިންގުމަށް ބޭނުން ކުރާ ސާމާނު ފެނިފައިވެއެވެ. ހަށިވިއްކާ ކަމަށް އޭނާ އިއުތިރާފު ވެފައިވާ ކަމަށްވެސް އަމުރުގައިވެއެވެ.
މީގެ އިތުރުން އޭނާގެ އަތުން ފައިސާ ފެނިފައިވާ ކަމަށާއި އެ ފައިސާއަކީ ހަށިވިއްކައިގެން ހޯދާފައިވާ ފައިސާ ކަމަށް އެ އަންހެން މީހާ ބުނެފައިވާ ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު