ވިލިމާލޭން އަންހެނަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ އާއިލާއަށް ހަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން އަންނަނީ ދ. މީދޫ އަށް ނިސްބަތްވާ މަރްޔަމް ރާމިޒާ، 36އ ކަމަށެވެ. އޭނާ ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ ރޭ 8:37 ހާއިރު ކަމަށާއި އޭނާ މިހާރު ދިރިއުޅެނީ ވިލިމާލޭގައި ކަމަށް ފުލުހުން ބުންޏެވެ.
މަރްޔަމް ރާމިޒާ އޭނާގެ އައިލާއަށް އެންމެ ފަހުން ފެނިފައި ވަނީ އަންގާރަ ދުވަހުގެ ރޭ 9:00 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އޭނާއާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 333111 އަށް ނުވަތަ ވިލިމާލޭ ޕޮލިސް ސްޓޭޝަންގެ ނަމްބަރު، 9833000 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު